އިދިކޮޅު އެމްޑީޕީން ބޭނުން ކުރަމުން އަންނަ ލޫޓުވައިފި، ދަވާލައިފި ފަދަ ޝިޔާރުތައް ހިމެނޭ ބެނާތައް ދަމަން އެންމެ އައުލާކަން ބޮޑީ އެމްޑީޕީ އޮފީސް ކުރިމަތީގައި ކަމަށް ބާރަށު ދާއިރާގެ މެމްބަރު، އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
އެމްޑީޕީން އަންނަ އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ އެއްވުމާއި ގުޅިގެން "އެކްސް"ގައި ކުރި ޕޯސްޓެއްގައި ޝުޖާއު ވިދާޅުވީ، ލޫޓުވައިފި، ދަވާލައިފި މިފަދަ ޝިޔާރުތައް ހިމެނޭ ބެނާފަދަ ތަކެތި ދެމުން އެންމެ އައުލާކަން ބޮޑީ އެމްޑީޕީ ހަރުގެ ކުރިމަތީގަ ކަމަށާއި ބެނާ ކިތައްމެ ވަރަކަށް މަގުތަކުގައި ދެމިއަސް މިސަރުކާރުން އެ ބެނާތަކެއް ނުނަގާނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުއަކީ ވާދަވެރި ސިޔާސީ ހަރަކާތައް ޖާގަދެއްވަން ކެރިވަޑައިގަންނަވާ ވެރިއެއް ކަމަށެވެ.
"އަޅުގަނޑުމެން އިދިކޮޅުގައި ތިބި ދުވަސްވަރު ތިބޭފުޅުން (MDP)އިން ކަނޑުވިއްކާލައިގެންނާއި ދިވެހި ރައްޔިތުން ބިކަކޮށްގެންނާއި ފްލެޓްތައް ފޭރިގެން ބާއްވަން އުޅުނުހާ އެއްވުންތަކަށް އެއްވެސް ބެނާއެއް ދެމުމުގެ ހުއްދައެއް ނުދެއްވި. މާނަ އަކީ ތިބޭފުޅުންނަކީ ފިނޑި ފިނދަނަތަކެކޭ" ޝުޖާއު ވިދާޅުވިއެވެ.
"ލޫޓުވައިފި، ދަވާލައިފި" ނަމުގައި އެމްޑީޕީން އަންނަނީ އަންނަ އޮކްޓޯބަރ 3 ވަނަ ދުވަހު އެއްވުމެއް ބޭއްވުމަށް ތައްޔާރުވަމުންނެވެ.