މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިން އެންޑް ޕްރޮމޯޝަން ލިމިޓެޑްގެ އާ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޑރ. މުޙައްމަދު އިބްރާޙިމް އައްޔަންކޮށްފި އެވެ.
ޑރ. މުހައްމަދަކީ ކުރިން ބްރޯޑްކޮމްގެ ސެކްރެޓަރީ ޖެނެރަލްކަން ވެސް ކުރިން ކުރެއްވި ބޭފުޅެކެވެ.
މަސްވެރިކަމުގެ ޕްރޮމޯޓްކުރުމަށް ސަރުކާރުން އާ ކުންފުންޏެއް އުފެއްދީ މިދިޔަ އަހަރުގެ ފެބްރުއަރީ 4 ގަ އެވެ.
ރާއްޖޭގެ މަސްވެރިކަން އިޝްތިހާރުކޮށް މާކެޓް ކުރަން ހާއްސަކޮށްގެން ކުންފުންޏެއް އުފައްދަން ސަރުކާރުން ނިންމީ 2023 ގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. އަދި އެ ކުންފުނި އުފެއްދީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ކުރީކޮޅު އެވެ.
+1
+1
+1
+1
+1
+1