ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރު ހަތްވަނަ ޖަލްސާ މިއަދު ބޭއްވުމަށް މަޖިލީހުން ނިންމައިފިއެވެ.
މިއަދުގެ ޖަލްސާގެ އެޖެންޑާ އަދި މަޖިލީހުން ހާމައެއް ނުކުރެއެވެ. މާދަމާގެ ޖަލްސާގެ އެޖެންޑާ އާންމުކޮށްފައި ނުވި ނަމަވެސް، މީޑިއާ ރެގިއުލޭޝަން ބިލު ފާސްކުރާނެ ކަމަށް ބެލެވެއެވެ.
އިއްޔެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މީޑިއާ ބިލް ފާސްކުރީ، ބިލް ބޭރުކުރުމަށް ގޮވާލައި 151 ނޫސްވެރިންގެ ސޮޔާއެކު ޕެޓިޝަނެއް ހުށަހަޅާފައި ވަނިކޮށެވެ.
މީޑިއާ ރެގިއުލޭޝަން ބިލު އޮތީ ނޫސްވެރިކަމުގެ މިނިވަން ކަމަށް ވަރަށް ބޮޑަށް ހުރަސް އެޅޭ ގޮތަށް ކަމަށް ވާތީ ނޫސްވެރިން ގެންދަނީ އެ ބިލު ފާސްކުރުމާ ދެކޮޅަށް ސިލްސިލާކޮށް އިހުތިޖާޖް ކުރަމުންނެވެ. މީގެ ކުރިން ހިއުމަން ރައިޓްސް ކޮމިޝަނާއި މީޑިއާ ކައުންސިލް، އަދި ބްރޯޑްކާސްޓިން ކޮމިޝަންގެ އިތުރުން ނޫސްވެރިކަމުގެ މިނިވަންކަމަށް ވަކާލާތުކުރާ ބޭރުގެ ޖަމިއްޔާތަކުން ވެސް ވަނީ ބިލާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ޖަމިއްޔާތަކުން ވަނީ މިއީ މިނިވަން ނޫސްވެރިކަން 'ނެތިކޮށްލާނެ ބިލެއް'ގެ ގޮތުގައި ސިފަކޮށްފައެވެ.