ފ. ނިލަންދޫގައި ފިއުލް ސްޓޯރޭޖެއް ގާއިމު ކުރުމަށް އެސްޓީއޯ އާއި ހަވާލުކޮށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އެގޮތުން ފިއުލް ސްޓޯރޭޖް އެޅުމަށް އެސްޓީއޯގެ ފަރާތުން ސޮއި ކުރެއްވީ، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު، ސިމާދު އިބްރާހިމެވެ. އަދި އިޝާން އިވެސްޓްމެންޓްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖަރު، އުއްމު ކުލްސޫމެވެ.
މި މަޝްރޫއުތަކާއި ގުޅޭ ގޮތުން ރައީސް ވިދާޅުވީ، މަސްވެރިންނަށް ހާއްސަ ކޮންމެ އަތޮޅެއްގެ މަދުވެގެން އެއް ރަށުގައި އެސްޓީއޯގެ ރޭޓް ގައި ތެޔޮ ލިބޭނެ ނިޒާމު ގާއިމް ކޮށްދެއްވާނެ ކަމަށެވެ.
"އެސްޓީއޯ އާއި ހަވާލު ކުރެވުނު މަޝްރޫއުގެ ތެރެއިން ކަނޑައެޅިފައި ހުރި ހުރިހާ ރަށެއްގައި ފިއުލް ސްޓޯރޭޖްތައް ގާއިމް ކުރުމަށްޓަކައި ރާއްޖޭން ބޭރުގެ ބަޔަކާއި ހަވާލު ކޮށްގެން ރީފެބްރިކޭޝަން މަސައްކަތް ކުރިއަށް ގެންދަނީ. މިހާރު ގާތް ގަނޑަކަށް ނިމުމަކާއި ހަމައަށް ގޮސްފައި ވަނީ، ނޮވެމްބަރު މަސްތެރޭގައި ޑެލިވާ ކުރެވިގެން އިންސްޓޯލް ކުރުމުގެ މަސައްކަތް ފަށާނެ" ރައީސް ވިދާޅުވިއެވެ.
މިހާރު ތާވަލް ކުރެވިފައި އޮތް ގޮތުން މިއަންނަ އަހަރުގެ މާޗް މަހާއި ހަމައަށް ދާއިރު އަތޮޅަކުން މަދުވެގެން އެއް ރަށުގައި މި މަސައްކަތް ނިމޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.