މ.މުލީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
އަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބް އެވެ. އަދި އަރިހުގައި ދިއްގަރު ދާއިރާގެ މަޖިލިސް މެމްބަރު އަޙްމަދު ނާޒިމް، މި ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޡީމް އަދި މުލީ ކައުންސިލްގެ ރައީސް ޝަމްޢޫން ރަމީޒް ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
މުލީ މަގުހެދުމިގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މުއްޔަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތުގައެވެ.
މުލީ ފުލުހުންގެ މަރުކަޒުގައި ވެސް މިއަދު ވަނީ ބިންގާއަޅާފައެވެ.
+1
+1
+1
+1
+1
+1