މިހާތަނަށް ބޮޑުކޮށްފައިނުވާ ހުރިހާ މުވައްޒަފުންގެ މުސާރަ ނޮވެންބަރު އެއްވަނަ ދުވަހުން ފެށިގެން ބޮޑުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޕޭ ހާމަނައިޒޭޝަންގެ ތެރެއިން މިހާތަނަށް މުސާރަ ބޮޑުވެފައިނުވާ ސިވިލް ސާވިސްގެ ހުރިހާ މުވައްޒަފުންނާއި، ޖުޑިޝަރީގެ ހުރިހާ މުވައްޒަފުން އަދި ކައުންސިލްތަކުގެ ހުރިހާ މުވައްޒަފުންގެ މުސާރަ ނޮވެންބަރު އެއްވަނަ ދުވަހުން ފެށިގެން ބޮޑުވާނެ ކަމަށެވެ.
މިއަހަރު މުސާރަ ބޮޑު ނުވާ ހުރިހާ މުއައްސަސާތަކެއްގެ ހުރިހާ މުވައްޒަފުންގެ މުސާރަ 2026 ގައި ބޮޑުވެގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މިދިޔަ ސަރުކާރުން ވަނީ ނަރުހުންނާއި ޓީޗަރުންނާއި ސަލާމަތީ ޚިދުމަތްތަކުގެ މުސާރަތައް ވެސް ވަނީ ބޮޑުކޮށްފައެވެ.
+1
+1
+1
+1
+1
+1