ކުޑަކުދިންތަކެއް އެކްސްޕްލޮއިޓް ކުރުމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، ކުޑަކުދިންތަކެއް އެކްސްޕްލޮއިޓްކުރުމުގެ ތުހުމަތުގައި އިއްޔެ ހެނދުނުގެ ވަގުތެއްގައި މާލެއިން ހަތަރު މީހަކު ހައްޔަރުކޮށްފައިވަ ކަމަށެވެ. އެއީ ވ، ރަކީދޫ، ސިލްވަސްޓާ، ނާފިއު ރަޝީދު، 39، އާއި އަލީ މ. އެތުމާ، އަޝްރަފް، 35، އާއި ގދ. ވާދޫ، ޕެރިސް، ލުހާން ސަޢީދު، 41، ގެ އިތުރުން ހ. ފިނިކުރި އިބްރާހިމް ޝިނާން އަހުމަދު، 33، އެވެ.
ފުލުހުން ބުނީ، ހަތަރު މީހުން ހައްޔަރުކުރީ ހެންވޭރުގައި ހުންނަ ގެއެއްގެ އެޕާޓްމަންޓެއް ބަލައި ފާސްކޮށް، އެ ތަނުން މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ ރަބަރު ޕެކެޓަކާ އެކީގައި ކަމަށެވެ. އަދި އެ މީހުންގެ ކުޑަކަމުދާ ތަކެތީގެ ވަގުތީ ނަތީޖާ މަސްތުވާއެއްޗެއްސަށް ޕޮޒިޓިވް ވެސް ވެފައިވާ ކަމަށެވެ.
ފުލުހުން މީހުންނަށް ކޮށްފައިވަނީ ކުޑަކުދިންތަކެއް އެކްސްޕްލޮއިޓްކުރުމުގެ ކުށުގެ ދައުވާއެވެ.
މި މައްސަލައިގައި އަނިޔާ ލިބުނު ކުޑަކުދިންގެ ތެރޭގައި 17 އަހަރުގެ ދެ އަންހެން ކުދިންނާއި 16 އަހަރާއި 17 އަހަރުގެ ދެ ފިރިހެން ކުދިން ވެސް ހިމެނެއެވެ.
ހަތަރު މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން އެންމެންގެ ބަންދަށް ވެސް ތިން ދުވަސް ޖަހާފައިވެ އެވެ.
މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.