ރޭ ބަންޑުން ޖަހާލި ލޭންޑިންގ ކްރާފްޓުން ދަތުރުކުރި މީހަކު ނިޔާވެއްޖެއެވެ.
ފުލުހުން މިއަދު ހާމަކުރި ގޮތުގައި ނިޔާވި މީހާގެ ހަށިގަނޑު ފެނިފައިވަނީ މިއަދު ހެނދުނު 8:04 ހާއިރު ކަމަށެވެ.
އެމްއެންޑީއެފުން ބުނީ މާލެއިން ފުރައިގެން އެރިޔަދޫއަށް ދަތުރުކުރި "އަލްމާކް-ފިޔަ" ނަމަކަށް ކިޔާ 100 ފޫޓުގެ ލޭންޑިންގ ކްރާފްޓެއް ވަނީ ބަންޑުން ޖަހާލައިފިއެވެ. މި ލޭންޑިންގ ކްރާފްޓުގައި ހަތް މީހަކު ދަތުރުކުރިއިރު، މި އުޅަނދުން ދަތުރުކުރި ހަތަރު މީހަކު ވަނީ ސަލާމަތްކޮށްފައެވެ.
މީގެ އިތުރުން ބަންޑުން ޖަހާލި "އަލްމާކް-ފިޔަ" ލޭންޑިންގ ކްރާފްޓް އަޑިއަށް ގޮސްފައިވާ ކަމަށާއި، އެ އުޅަނދުން ގެއްލުނު ތިން މީހުންގެ ތެރެއިން އެކަކުގެ ހަށިގަނޑު އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުން ކަނޑުގެ އަޑިން ނަގާފައިވާ ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.
+1
+1
+1
+1
+1
+1