އަައްޑޫގައި ވަކި ކައުންސިލްތައް އުފެއްދުމާމެދު ޚިޔާލު ހޯދުމަށް މިއަދު 8 ޖެހުމާއެކު ވޯޓުލުން ފަށައިފިއެވެ.
ވޯޓްލުން ހަވީރު 4:00 އާ ހަމައަށް ކުރިއަށް ދާނެ އެވެ.
މި ފެންނަ ނުފެނަނަ ވޯޓްގައި ތިން އަވަށުން ވޯޓްލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަކީ 9،576 އެވެ.
އެއީ:
- ފޭދޫން 4،355 މީހުން
- ހުޅުދޫން 2،874 މީހުން
- މީދޫން 2،347 މީހުން
މި ވޯޓަށް ހުޅުދުއާއި މީދޫގައި ކޮންމެ ރަށެއްގައި ތިން ފޮށި ބަހައްޓާއިރު، ފޭދޫގައި ވޯޓުލުމަށް ފަސް ފޮށި ބަހައްޓާނެއެވެ. އަދި ވެރިރަށް މާލޭގައި ދިރިއުޅޭ، މި ތިން ރަށުގެ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންނަށް ހަތް ފޮށި، މާލޭގެ ކަލާފާނު ސްކޫލުގައި ބަހައްޓާނެ ކަމަށް އީސީން ބުނެ އެވެ.
ވޯޓުފޮށިތައް ހުންނަ ތަންތަން:
* އައްޑޫ، ފޭދޫ-1: އައްޑޫ ސިޓީ، ފޭދޫ ސްކޫލް ހޯލުގެ ދެކުނު
* އައްޑޫ، ފޭދޫ-2: އައްޑޫ ސިޓީ، ފޭދޫ ސްކޫލް ހޯލުގެ މެދު
* އައްޑޫ، ފޭދޫ-3: އައްޑޫ ސިޓީ، ފޭދޫ ސްކޫލް ހޯލުގެ އުތުރު
* އައްޑޫ، ފޭދޫ-4: އައްޑޫ ސިޓީ، ފޭދޫ ބިލްޑިންގެ އޭ ޔޫކޭޖީ ކްލާސްރޫމް
* އައްޑޫ، ފޭދޫ 5: އައްޑޫ ސިޓީ، ފޭދޫ ބިލްޑިންގެ އޭ އެލްކޭޖީ ކްލާސްރޫމް
* އައްޑޫ، ހުޅުދޫ-1: އައްޑޫ ސިޓީ، ހުޅުދޫ ސްކޫލުގެ ހޯލް ހުޅަނގު
* އައްޑޫ، ހުޅުދޫ-2: އައްޑޫ ސިޓީ، ހުޅުދޫ ސްކޫލުގެ ހޯލް އިރުމަތި
* އައްޑޫ، ހުޅުދޫ-3: އައްޑޫ ސިޓީ، ހުޅުދޫ ސ. އަތޮޅު މަދުރަސާ ހޯލް
* އައްޑޫ، މީދޫ-1: އައްޑޫ ސިޓީ، މީދޫ އައިޔޫއެމް އައްޑޫ ސިޓީ ލާނިން ސެންޓަރު ހޯލްގެ އިރުމަތި
* އައްޑޫ މީދޫ-2: އައްޑޫ ސިޓީ، މީދޫ އައިޔޫއެމް އައްޑޫ ސިޓީ ލާނިން ސެންޓަރުގެ ކްލާސް ރޫމް 2
* އައްޑޫ، މީދޫ-3: އައްޑޫ ސިޓީ، މީދޫ އައިޔޫއެމް އައްޑޫ ސިޓީ ލާނިން ސެންޓަރު ހޯލްގެ ހުޅަނގު
* އައްޑޫ ސިޓީ، މާލެ-1: މާލެ، ކަލާފާނު ސްކޫލް ހޯލުގެ އުތުރު
* އައްޑޫ ސިޓީ، މާލެ-2: މާލެ، ކަލާފާނު ސްކޫލް ހޯލުގެ މެދު
* އައްޑޫ ސިޓީ، މާލެ-3: މާލެ، ކަލާފާނު ސްކޫލް ހޯލުގެ ދެކުނު
* އައްޑޫ ސިޓީ، މާލެ-4: މާލެ، ކަލާފާނު ސްކޫލްގެ ކްލާސް 1A
* އައްޑޫ ސިޓީ، މާލެ-5: މާލެ، ކަލާފާނު ސްކޫލް ކްލާސް 1B
* އައްޑޫ ސިޓީ، މާލެ-6: މާލެ، ކަލާފާނު ސްކޫލް ކްލާސް 10E
* އައްޑޫ ސިޓީ، މާލެ-7: މާލެ، ކަލާފާނު ސްކޫލްގެ ކްލާސް 1C
އެ މީހަކު ވޯޓްލާން ރަޖިސްޓްރީވެފައިވާ ތަނުގެ މައުލޫމާތު VR (SPACE) NID NO ޖަހާފައިި 1414 އަށް މެސެޖްކޮށްގެން ބަލާލެވޭނެ އެވެ.
އީސީން ބުނެފައިވާ ގޮތުގައި، ވޯޓުތައް ގުނަން ފަށާނީ ވޯޓުލުން ނިމޭތާ 30 މިނެޓް ފަހުންނެވެ.








