ހައިވޭގައި ލައިޓަށް މަޑުކޮށްގެން އޮތް ޕިކަޕެއްގައި ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ، ހުޅުމާލެއިން މާލެއަށް ދަތުރުކުރި ސައިކަލެއް، 18:48 ހާއިރު، ލައިޓަށް މަޑުކޮށްގެން އޮތް ޕިކަޕެއްގައި ޖެހިގެން އެކްސިޑެންޓުވެގެން ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މި އެކްސިޑެންޓްގައި ހިމެނޭ ސައިކަލު ދުއްވި މީހާއަށް އަނިޔާވެގެން އައިޖީއެމްއެޗްގައި ދަނީ ފަރުވާ ދެމުންނެވެ. އެއީ 57 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އެ މީހާގެ ބޯ ފަޅައިގެން ގޮސް އަތަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން އަންނަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.
+1
+1
+1
+1
1
+1
+1








