ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން ފަނޑިޔާރު މުހައްމަދު ފައިސަލް އިސްތިއުފާދެއްވައިފި އެވެ.
ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން، ފައިސަލް އިސްތިއުފާދެއްވުމާ ގުޅިގެން ފަނޑިޔާރު ފަނޑިޔާރުކަމުގެ މަގާމުގައި ހުންނަވައިގެން ކޮށްދެއްވާފައިވާ އަގު ހުރި ހިދުމަތްތަކަށް، ހައިކޯޓުގެ ނަމުގައި އެ ކޯޓުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.
ފަނޑިޔާރުކަމުން ފައިސަލް އިސްތިއުފާ ދެއްވި ސަބަބެއް އަދި ނޭނގެ އެވެ.
ފައިސަލް އިސްތިއުފާ ދެއްވިއިރު، އޭނާއާ ގުޅޭ މައްސަލަތަކެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އަންނަނީ ބަލަމުންނެވެ.
ފައިސަލް މަގާމުން އިސްތިއުފާ ދެއްވިއިރު ހައި ކޯޓުގައި ހުންނެވި އެންމެ ގިނަ ދުވަސްވީ ފަނޑިޔާރު މުހައްމަދު ނިޔާޒު، ފަނޑިޔާރުކަމުން ރިޓަޔަކުރައްވަން ނިންމަވައި، އެކަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ވަނީ ހުށަހަޅުއްވައިފަ އެވެ. އެ ފަނޑިޔާރާ ގުޅޭ ސުލޫކީ މައްސަލަތަކެއް ވެސް އަންނަނީ ބަލަމުންނެވެ.








