+1
+1
+1
+1
+1
+1

ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް މާކެޓު ކުރުމަށް މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސް މާކެޓިންގ އެންޑް ޕްރޮމޯޝަން ކޯޕަރޭޝަނުން ޗައިނާގެ ހައިނަން އިންޓަރނޭޝަނަލް އިކޮނޮމިކް އެންޑް ޓްރޭޑް ކޯޕަރޭޝަން ލިމިޓެޑާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސް މާކެޓިން އެންޑް ޕްރޮމޯޝަން ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ. މުޙައްމަދު އިބްރާހިމެވެ. އަދި ޗައިނާގެ ހައިނަން އިންޓަރނޭޝަނަލް އިކޮނޮމިކް އެންޑް ޓްރޭޑް ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ ޖެނެރަލް މެނޭޖަރ ޕެޓްރިސިއާ ވެންގް މެއިހޮންގްއެވެ.
ޗައިނާގެ ހައިނަން އިންޓަރނޭޝަނަލް އިކޮނޮމިކް އެންޑް ޓްރޭޑް ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން ވިދާޅުވީ، ފަތުރުވެރިކަމުގެ އިތުރުން މަސްވެރިކަމުގެ ދާއިރާއިން ފާހަގަކޮށްލެވޭ ޤައުމެއް ކަމުން މި އެކުލަވާލި އެއްބަސްވުމަކީ، ރާއްޖެއާއި ޗައިނާއާއި ގުޅުވާދޭނެ އިތުރު ދޮރެއް ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން ރާއްޖޭގެ ބްރޭންޑުތައް ތަރައްޤީކޮށް ރާއްޖޭގެ އުފެއްދުންތަކަށް މާކެޓުގައި އެކަށީގެންވާ ފައިދާއެއް ހޯދޭނެ ކަމަށް ޤަބޫލުކުރާ ކަމަށްވެސް އެކުންފުނިން ވިދާޅުވިއެވެ.