އައްޑޫ ހިތަދޫން ވަގަށް ކަނޑާފައިވާ ކެޔޮގަނޑުތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
އައްޑޫ ޕޮލިހުން މިއަދު ބުނީ ރޭ ވަގަށް ނަގާފައިވާ ކަމަށް ބެލެވެ ކެޔޮގަނޑުތަކެއް ހިތަދޫ ޕޮލިސްގެ ބެލުމުގެ ގެންގޮސްފައިވާ ކަމަޑެވެ. އެހެންވެ އެ ތަކެތީގެ ވެރިފަރާތެއް ވާނަމަ ހިތަދޫ ޕޮލިސްގެ ނަމްބަރު 9791612 އަށް ގުޅައި މައުލޫމާތު ސާފު ކުރަން އެދޭ ކަމަށް ބުންޏެވެ.
ވަގަށް ކެނޑި ކެޔޮގަނޑުތަކެއް ފުލުހުން ބެލުމުގެ ދަށަށް ގެންގޮސްފައިވާ އިރު، އައްޑޫގެ އަވަށްތަކުގެ ގޭގެއިން ވަގުން ކެޔޮގަނޑުތަކާއި ކާއްޓާއި ކުރުނބާ އާއި އެ ނޫން ވެސް މިފަދަ ތަކެތި ވަގަށް ނަގާކަން ވަރަށް ބޮޑަށް ފާހަގަކޮށްފައިވެ އެވެ. އަދި މި ގޮތަށް ވަގަށް ނަގާ ތަކެތި ވިއްކާ މައްސަލަ ވެސް ބޮޑެވެ.
އެގޮތުން މީގެ ކުރިން ވެސް ވަގަށް ނަގާފައިވާ ބައެއް ތަކެތި ވިއްކަން އުޅެނިކޮށް ފުލުހުން އަތުލައިގެންފައިވެ އެވެ. އަދި ވަގަށް ނަގާ ތަކެތި ވިއްކާކަން ފާހަގަވާ ނަމަ އެކަން ރިޕޯޓްކޮށް ދޭން ވެސް ފުލުހުން އެދެ އެވެ.








