ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު (ވީއައިއޭ) ގެ އާ ޓާމިނަލްގެ ސީޕްލޭން ކައުންޓަރުތަކުން ޚިދުމަތް ދިނުމަށް ތައްޔާރުވުމުގެ ގޮތުން، އެ ކައުންޓަރުތަކަށް އޮޕަރޭޓަރުން އަހުލުވެރިކުރުމުގެ މަސައްކަތް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ފަށައިފި އެވެ.
އެމްއޭސީއެލުން ބުނީ އާ ޓާމިނަލްގެ ސީޕްލޭން ޗެކިން ކައުންޓަރުތަކުން ޚިދުމަތް ދޭން ފެށުމަށް، ދެ އެއާލައިނެއްގެ އޮޕަރޭޓަރުން އަހުލުވެރި ކުރުމަށް ޓްރަޔަލްއެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އެއީ ގައުމީ އެއާލައިން މޯލްޑިވިއަން އާއި ވިލާ އެއާގެ ފްލައި މީ އެވެ.
މި މަސައްކަތަކީ ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޝަން ރާއްޖޭގައި އޮތުމާއެކު، އެ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ކުރާ މަސައްކަތެއް ކަމަށް އެމްއޭސީއެލުން ބުންޏެވެ.
ވީއައިއޭގެ އާ ޓާމިނަލްގައި ސީޕްލޭނަށް 24 ޗެކިން ކައުންޓަރު ގާއިމުކޮށްފައިވެ އެވެ.








