އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސް އޮފީހުން ހުޅުވާލައިފިއެވެ. ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ވާގޮތުން، މިހާރު އީސީގައި ތިބި މެންބަރެއްގެ މަގާމުގެ މުއްދަތު ހަމަވާތީ، އެ މަގާމަށް މެންބަރަކު އައްޔަން ކުރުމަށްޓަކައި މި ފުރުޞަތު ހުޅުވާލައިފައިވާކަމަށެވެ.
މެންބަރުކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފައިވަނީ މިމަހުގެ 21ވާ ބުދަ ދުވަހުގެ 12:00 ގެ ނިޔަލަށެވެ. ހުށަހެޅުން ޤަބޫލުކުރާނީ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި އެހެން ދުވަސްތަކުގެ ހެނދުނު 08:30 އިން 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ. މި މަގާމަށް ކުރިމަތިލުމަށް ބޭނުންވާ ފޯމު ރައީސް އޮފީހުގެ ރިސެޕްޝަނުން ލިބެންހުންނާނެއެވެ. އަދި އެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑްކޮށްގެން ވެސް ލިބެން ހުންނާނެކަމަށް ރައީސް އޮފީހުން ހާމަކުރެއެވެ.








