މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި އުމުރުން 57 އަހަރުގެ އަންހެނަކު ހައްޔަރުކޮށް އޭނާގެ ބަންދަށް ތިން ދުވަހުގެ މުއްދަތެއް ކްރިމިނަލް ކޯޓުން ޖަހައިފިއެވެ.
ކްރިމިނަލް ކޯޓްގެ ބަންދު އަމުރުގައިވާ ގޮތުން އޭނަ ހައްޔަރުކުރގެ އަތުން ނުވަތަ ގުޅުން ހުރި ތަނަކުން، ޓްރެފިކް ކުރި ކަމަށް ބަލާ މިންވަރުގެ ބަރުދަން ހުރިި މަސްތުވާތަކެތި ފެނިގެންނެވެ. ނަމަވެސް ތުހުމަތަށް އައިމިނަތި އިންކާރުކުރާކަން ކޯޓު އަމުރުން އެނގެ އެވެ.
އަމުރުން އެނގޭ ގޮތުގައި އައިމިނަތަކީ ކުރިން ވެސް ކުށުގެ ރެކޯޑްތަކެއް އޮތް މީހެކެވެ. އަދި މަސްތުވާތަކެތީގެ މައްސަލައިގައި ކުރު މުއްދަތަކަށް ބަންދުކުރަން އަމުރުކުރީ އޭނަ އަށް ވަކީލެއް ހަމަޖެހިފައި ވިޔަސް އެ ވަކީލު އަދި ކޯޓަށް އައްޔަންވެފައި ނުވާތީ ކަމަށް ވެސް ކޯޓު އަމުރުގައިވެ އެވެ.
އާމިނަތު އިބްރާހީމްގެ އަތުން ފެނުނު މަސްތުވާތަކެތީގެ ބަރުދަން ކޯޓު އަމުރުން އެނގޭކަށް ނެތެވެ.








