ނާރުގެ ބަލިތަކާއި ސްޓްރޯކަށް ހާއްސަ ސެންޓަރެއް ދަރުމަވަންތަ ހޮސްޕިޓަލްގައި ހުޅުވައިފި އެވެ.
"ނެޝަނަލް ސެންޓަ ފޮރ ނިއުރޯސައިންސް އެންޑް ސްޓްރޯކް" ގެ ޚިދުމަތް އިއްޔެ އިފްތިތާހުކޮށް ދެއްވީ ދަރުމަވަންތަ މާލެ ސިޓި ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާޙިމް ޢަބްދުއްރައްޒާޤު ޙަލީމެވެ.
އޭނަ ވިދާޅުވީ މި ސެންޓަރުގެ ސަބަބުން މުސްތަޤްބަލުގައި ރޮބޮޓިކް ޓެކްނޮލޮޖީ ފަދަ ޒަމާނީ ވަސީލައްތަކާއެކު ސިކުނޑި އާއި މައިބަދައިގެ އޮޕްރޭޝަންތައް ކުރެވި މުޅި ރާއްޖެ ގުޅާލެވޭ ވުއުގައެއް މެދުވެރިކޮށް ސްޓްރޯކްގެ ބަލިމީހުންނަށް ހަލުވިކަމާއެކު ފަރުވާލިބޭނެ ނިޒާމެއް ޤާއިމްވެގެންދާނެ ކަމަށެވެ. ވިދާޅުވިއެވެ. އަދި އަތޮޅުތަކުގެ ހޮސްޕިޓަލްތަކާއެކު ހިންގާ ޕްރޮގްރާމްތަކުގެ ސަބަބުން ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ހުރި ނަމަވެސް ފެންވަރު ރަނގަޅު ނާރުގެ ފަރުވާ ލިބުމަށް މަގުފަހިވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
"ދެވޭ ފަރުވާއަކީ ވަށާޖެހޭ ފަރުވާއަށް ހެދޭނީ ހޮސްޕިޓަލުގެ ކަމާއި ބެހޭ ހުރިހާ ޑިޕާޓްމަންޓެއް ވެސް ގުޅިގެން، މަލްޓި ޑިސިޕްލިނަރީ އެޕްރޯޗްކުން ފަރުވާ ދެވިގެންދާނެ." ހަލީމް ވިދާޅުވިއެވެ.
"ނެޝަނަލް ސެންޓަ ފޮރ ނިއުރޯސައިންސް އެންޑް ސްޓްރޯކް" ގައި ދިވެހި ފުރަތަމަ ނިއުރޮލިޖިސްޓް ޑރ. އަހުމަދު ރަޝީދާއި ފުރަތަމަ ނިއުރޯ ސާޖަން ޑރ. އަލީ ނިޔާފް އަދި ފުރަތަމަ ޕީޑިއަޓްރިކް ނިއުރޮލޮޖިސްޓް ޑރ. ސަމާހަތު ސެންޓަރުގްއި ބަލިމީހުންނަށް ފަރުވާ ދެއްވާނެ އެވެ.







