ޖަރުމަނުވިލާތުގެ ރައީސް، ފްރޭންކް ވޯލްޓާ ސްޓެއިމާގެ ދައުވަތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ޖަރުމަނަށް މިއަދު ފުރާވަޑައިގެންފި އެވެ.
މުއިއްޒު ޖަރުމަނަށް ކުރައްވާ މި ދަތުރުގައި ޖަރުމަނުގެ ރައީސް، ސްޓްއިމާގެ އިތުރުން އެ ގައުމުގެ ސަރުކާރުގެ އިސްވެރިންނާ ރަސްމީ މަޝްވަރާތައް ކުރައްވަން ވަނީ ހަމަޖެހިފަ އެވެ.
ރައީސްގެ މިދަތުރުގެ ބައެއްގެ ގޮތުގައި ހިމެނިގެން، ބާލިންގައި ހުންނަ ހަމްބޮލްޓް ޔުނިވަސިޓީ އަށް ވަޑައިގެން "މޫސުމީ ބަދަލަށް ހޭނުމުގައި ދިވެހިރާއްޖޭގެ ތަޖުރިބާ" ހިއްސާ ކުރައްވައި އެ ޔުނިވަސިޓީގައި ތަޤުރީރުކުރައްވާނެ އެވެ. އަދި ޖާމަން ކައުންސިލް ފޮ ފޮރިން ރިލޭޝަންސަށް ވެސް ޒިޔާރަތް ކުރައްވައި އެތަނުގައި ވެސް ތަޤުރީރު ކުރެއްވުމަށް ހަމަޖެހިފައިވެ އެވެ.
މި ދަތުރުގައި ރައީސް ގެ އަރިހުގައި މިނިސްޓަރުންނާއި މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިސްވެރިންގެ އިތުރުން ރާއްޖޭގެ ބައެއް ވިޔަފާރިވެރިންގެ މައްޗަށް އެކުލެވޭ ވަފުދެއް ބައިވެރިވެވަޑައިގަންނަވަ އެވެ.
މި ދަތުރުގައި ޖަރުމަންގައި ބިޒްނަސް ފޯރަމެއް ވެސް ބާއްވަން ހަމަޖެހިފައިވެ އެވެ .އޭގައި ދެޤައުމުގެ ވިޔަފާރިވެރިން ބައިވެރިވެވަޑައިގެން، ރާއްޖޭގައި ވިޔަފާރިއާއި އިންވެސްޓްމަންޓްތަކަށް ހުރި ފުރުސަތުތަކުގެ ތަފްސީލު މަޢުލޫމާތު ދެއްވާނެ އެވެ.
ރާއްޖެ އާއި ޖަރުމަނުވިލާތާ ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރީ ޖުލައި 5، 1966 ގަ އެވެ.







