ހުޅުމާލެ ދެވަނަ ފިޔަވަހީގައި އައުޓްޑޯ ޖިމެއް މިއަދު ހުޅުވައިފިއެވެ.
ހުޅުމާލެ ބަލަހައްޓާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ގާއިމުކުރި އެ ޖިމް ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ހުޅުވައިދެއްވީ، އެ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރެވެ.
މި ޖިމް ގާއިމްކޮށްފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ޖިމް ޕާކުގައި (ޓާފް ދަނޑު ކައިރި) އެވެ. ކަސްރަތު ކުރުމަށް ބޭނުންކުރާ 22 ބާވަތެއްގެ އައުޓްޑޯ އިކުއިޕްމަންޓް އެ ޖިމްގައި ވަނީ ބަހައްޓާފައެވެ.
އެ މަޝްރޫއަކީ، ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ މެދުގައި ދުޅަހެޔޮ ދިރިއުޅުމެއް އަށަގަންނަވައި، ދުޅަހެޔޮ މުޖްތަމައުއެއް ބިނާކުރުމަށް ކުރިއަށްގެންދިޔަ މަސައްކަތެއް ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.
.
+1
+1
+1
+1
+1
+1








