ރާއްޖޭގެ ފަސް ސިޓީގައި މިހާރު ތިއްބެވި، އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ މޭޔަރުން އިތުރު ދައުރަކަށް އިންތިޚާބުވެފައިވާ ކަމަށް ލޯކަލް ކައުންސިލް އިންތިޚާބުގެ ވަގުތީ ނަތީޖާއިން ދައްކައިފިއެވެ.
މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާތަކުން ދައްކާގޮތުގައި، މާލެ، ހދ. ކުޅުދުއްފުށި، ގދ. ތިނަދޫ، ފުވައްމުލައް އަދި އައްޑޫ ސިޓީގެ މޭޔަރުކަން އެމްޑީޕީއަށް ވަނީ ކަށަވަރުވެފައެވެ. މޭޔަރުކަމުގެ ގޮނޑިތަކުގެ އިތުރުން، މި ފަސް ސިޓީގެ ކައުންސިލްތަކުގެ މެޖޯރިޓީވެސް ވަގުތީ ނަތީޖާތަކުން ދައްކާގޮތުގައި ލިބިފައިވަނީ އެމްޑީޕީއަށެވެ.
އިއްޔެގެ އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ކައުންސިލް އިންތިޚާބުގެ ގިނަ ގޮނޑިތައް ކާމިޔާބުކުރީ އެމްޑީޕީންނެވެ.
+1
+1
+1
+1
+1
+1








