މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސީއީއޯ/މެނޭޖިން ޑިރެކްޓަރު މަގާމަށް ޙުސެއިން ޝަފީގް މިއަދު އައްޔަންކޮށްފި އެވެ.
ޝަފީގަކީ ކަނޑުދަތުރުފަތުރު މެނޭޖްކޮށްް ބެލެހެއްޓުމުގެ ދާއިރާއިން 35 އަހަރުގެ ތަޖުރިބާ ހާސިލުކުރައްވާފައިވާ މާސްޓާ މެރިނާއެކެވެ.
ޝަފީގަކީ ރާއްޖޭގެ އެންމެ ބޮޑު ޑްރެޖަރު ކަމަށްވާ އެމްޓީސީސީގެ މަހަޖައްރާފުގެ ފުރަތަމަ ދިވެހި ކެޕްޓަން ވެސް މެ އެވެ.
އެމްޕީއެލްގެ އާ އެމްޑީއަކު އޭނަ މިއަދު އައްޔަންކުރި އިރު، އެ ކުންފުނީގެ އެމްޑީއަކަށް އެންމެ ފަހުން ހުންނެވި މުހައްމަދު ރިޝްވާން އެ މަގާމުން އިސްތިއުފާ ދެއްވީ މި މަހުގެ 6 ގަ އެވެ. އޭނަ އެމްޑީއަކަށް އައްޔަންކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 5 ގަ އެވެ.
+1
+1
+1
+1
+1
+1








