އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އަހުމަދު މުބީން އައްޔަންކޮށްފި އެވެ.
ކުރިން ބިލެތްދޫ ދާއިރާގެ މަޖިލިސް މެންބަރުކަން ވެސް ކުރެއްވި މި ސަރުކާރުގައި މުބީން އެންމެ ފުރަތަމަ އައްޔަންކުރީ ރީޖަނަލް އެއާޕޯޓްސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށެވެ. އެކަމަކު، އެ ކުންފުންޏާއި އެއާޕޯޓްސް ކުންފުނި އެމްއޭސީއެލް އެއްކޮށްލަން ސަރުކާރުން ނިންމުމުން މުބީން ވަނީ އަމިއްލައަށް މަގާމުން އިސްތިއުފާދެއްވާފައެވެ.
މުބީން އެމްޓީސީސީގެ ޑީއެމްޑީއަކަށް އައްޔަންކޮށްފައި ވަނީ އެ މަގާމުގައި ކުރިން ހުންނެވި އަހުމަދު ޝަރީފް އަބްދުއްރަހްމާން ޔޫސުފް މިދިޔަ މަހުގެ 26 ގައި މަގާމުން ވަކިކޮށްފައި ވަނިކޮށެވެ.
އެމްޓީސީސީގެ ސީއީއޯ އަކީ އަހުމަދު ސައުދީ އެވެ.
+1
+1
+1
+1
+1
+1







