ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް އިސްކޮށް ތިއްބަވައިގެން ކުރިއަށް ގެންދަވާ 'ބޮޑު ބަދަލު' ގެ ސްރީ ލަންކާގެ ބައްދަލުވުމަށް ނަޝީދު މިއަދު ލަންކާ އަށް ފުރާވަޑައިގެންފި އެވެ.
ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ހާއްސަކޮށްގެން ބާއްވާ ބައްދަލުވުން އޮންނާނީ މި ރޭ ލަންކާގެ ދެހިވަލައިގަ އެވެ. ބައްދަލުވުން ކުރިއަށް ދާނީ 8:00-10:00 އަށެވެ.

އެހެންވެ ލަންކާގައި އުޅޭ ވީހާ ވެސް ގިނަ ދިވެހިން ބައްދަލުވުމުގައި ބައިވެރިވާން ނަޝީދާއި ފައްޔާޒްގެ ޓީމުން އެދެ އެވެ.
އަވައްޓެރި ލަންކާ އަކީ ވަރަށް ގިނަ ވަރަށް ދިވެހިން އުޅޭ ގައުމެކެވެ. އެ ގައުމުގައި އުޅޭ ދިވެހިންގެ އަދަދު 12،000 އަށް ވުރެ ގިނަ އެވެ.
އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާ އެކު ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމެވެ. އެމްޑީޕީން ބުނި ގޮތުގައި މި އިންތިހާބު އޮންނާނީ 12 ޖޫން 2026 ވާ ހުކުރުދުވަހުގެ މެންދުރު 14:30އިން ރޭގަނޑު 20:00 އަށެވެ.








