ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް އާޝިޔަތު އަލައިކާ އައްޔަންކޮށްފި އެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި، އަލައިކާ އެ މަގާމަށް މިހާރު ވަނީ އައްޔަންކުރައްވާފައެވެ. ނަމަވެސް އަދި ސަރުކާރުގެ ރަސްމީ ބަހެއް ނުލިބެއެވެ.
މިދިޔަ މަހު އޮތް ކައުންސިލް އިންތިޚާބުގައި މާލެ ސިޓީގެ ޑަބްލިއުޑީސީގެ ރައީސްކަމަށް އެންމެ ބޮޑު ވާދަވެރިކަމެއް އޮތީ ސަރުކާރު ކޯލިޝަންގެ ފަރާތުން ވާދަކުރެއްވި އަލައިކާ އާއި އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި އައިޝަތު ރީޝާގެ މެދުގައެވެ. ވަރަށް ވާދަވެރިކޮށް ދިޔަ މި އިންތިޚާބުގައި އަލައިކާ ބަލިކޮށް، އެ ގޮނޑި ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް ރީޝާއެވެ.
އަލައިކާ އަށް ޓޫރިޒަމް މިނިސްޓްރީގެ އިސް މަގާމެއް ދީފައި ވަނީ ސިޔާސީ މަގާމުތަކުގައ ތިބި މީހުން މަދު ކުރުމުގެ މަސައްކަތްތަކެއް ސަރުކާރުން ފަށާފައިވާ ދަނޑިވަޅެއްގަ އެވެ.








