ހިމަބިހި ނުވަތަ މީސްލްސްއަށް ފައްްސިވެފައިވާ 2 މީހުން މާލެ ސަރަހައްދުން ފެނިއްޖެއެވެ.
ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ، އެމީހުން އެ ބައްޔަށް ފައްސިވެފައިވަނީ މި ހަފްތާގެ ތެރޭގައި ކަމަށެވެ.
މިއާއި ގުޅިގެން ހިމަބިހީގެ ކޭސްއެއް ފެނުމާއެކު އާންމުކޮށް އަމަލުކުރާ އުސޫލުގެ މަތިން، ބަލި ޖެހުނު ގޮތް ދެމެގަތުމަށް ވޭދަ ތަހުގީގު ކުރުމާއި ގާތުން އެއްތާވި މީހުން ދެނެގަތުމާއި ގާތުން އެއްތާވި މީހުންނަށް ވެކްސިން ދިނުން މިހާރު ކުރެވެމުން އަންނަ ކަމަށް އެޗްޕީއޭއިން ބުންޏެވެ.
އެޗްޕީއޭއިން ބުނީ، މިއަހަރު މިހާތަނަށް ރާއްޖޭން ހިމަބިހީގެ ޖުމްލަ 5 ވޭދަނަ ރިޕޯޓްކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ރާއްޖޭން ބޭރުން ބަލި ޖެހިގެން އައި 2 މީހުން ހިމެނޭ ކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ.
މި ދުވަސްވަރަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައާއި އަދި އަވަށްޓެރި ގައުމުތަކުގައި ވެސް މި ބަލި ފެތުރޭ މިންވަރު އިތުރު ދުވަސްވަރެއް ކަމުން ހުން އައުމާއެކު ހަށިގަނޑުން ރަތް ބިހިތަކެއް ފެންނަ ފަށައިފިނަމަ، ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ.








