ދިވެހި ހުރިހާ ޙާޖީން މިހާރު ތިބީ ޢަރަފާތުގައި ކަމަށާއި ހުރިހާ ޙާޖީންގެ ހާލުވެސް ރަނގަޅުކަމަށް އިސްލާމީ ކަންތައްތަކާ އަޢުޤާފާ ބެހޭ ވަޒީރު ޑރ.މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ޝަހީމް ވިދާޅުވި ގޮތުގައި، ވިދާޅުވީ މިނާ ހޮސްޕިޓަލުގައި ރޭގެ ވަގުތެއްގައި އެޑްމިޓްކުރި ޙާޖީގެ ހާލުވެސް މިހާރު ރަނގަޅުކަމަށާއި ޙައްޖު ކޯޕަރޭޝަނުން އޭނާ ވެސް ޢަރަފާތަށް ގެންގޮސްފައިވާކަމަށެވެ. އަދި، ހުރިހާ ކަމެއް ވެސް ރަނގަޅުކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނާ އެކޭ އެއްގޮތަށް އަރަފާތުގައި ވެސް ހައްޖުވެރިންނަށް ވަނީ ފުރިހަމަ އިންތިޒާމުތަކެއް ހައްޖު މިޝަނުން ވަނީ ހަމަޖައްސާފައެވެ.
މިއަދަކީ އަރަފާތު ދުވަސް ކަމަށްވާއިރު، މިއަދު އަރަފާތު ބިމުގައި ތިބުމަކީ ހައްޖުގެ އެންމެ މުހިއްމު ރުކުނެކެވެ.ޢަރަފާތު ދުވަހުގެ އެންމެ މާތް ވަގުތަކީ މެންދުރު ނަމާދުގެ ވަގުތުން ފެށިގެން އިރުއޮއްސެންދެންނެވެ.
ޙައްޖުވެރިންނަށް ދޭ ދިވެހި ޚުތުބާ އަރަފާތުގައި މިއަދު ދެއްވާނީ، މިއަހަރު ރާއްޖެއިން ޙައްޖުގެ އަޅުކަމުގައި އިސް ޝައިޚުގެ ގޮތުގައި ވަޑައިގެންނެވި، ޝައިޚް އިލްޔާސް ޙުސައިންއެވެ.








