މަސްތުވާތަކެތީގެ މައްސަލައެއްގައި ވިލުފުށިން ތިން މީހަކު ހައްޔަރުކޮށްފި އެވެ.
މި މަހުގެ 2 ގައި ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައި ވަނީ ދ. ހުޅުދެލި، ބުލޫބެލް، ޙަސަން ވަޙީދު، 28 އާއި ވިލުފުށީ ޗަމްޕާޕޫލްގޭ މުސާ ފާތިކު، 31، ގެ އިތުރުން، ތ. ތިމަރަފުށި، ހިރި، ޢާޞް އިބްރާހީމް، 34، އެވެ.
ފުލުހުން ބުނީ މި މީހުން ހައްޔަރުކުރީ ތިމަރަފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ކަމަށެވެ.
ވިލުފުށީ ޕޮލިސް ސްޓޭޝަނާއި ކައުންޓަ-ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި ވިލުފުށީ މަގުމަތިން އެ މީހުން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަަމަށް ބެލެވޭ 41.62 ގުރާމްގަ ތަކެތި ފެނިފައިވާ ކަމަށް ފުުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަޙީދު އާއި މޫސާގެ ބަންދަށް 10 ދުވަސް އަދި ޢާޞްގެ ބަންދަށް 15 ދުވަސް ޖަހާފައިވެ އެވެ.








