މާލޭގެ ގެއެއްގެ ތެރޭގައި ނިޔާވެ، ކުނިވެފައިވާ މީހަކު މިރޭ ފެނިއްޖެއެވެ.
ފުލުހުން ބުނީ މާލެއަށް ޑޮކްޓަރަށް ދައްކަން އައިސް ހުރި މީހެއްގެ ޚަބަރެއް ނުވާކަމަށް މިރޭ 8:50 އެހާކަންހާއިރު، ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އަދި އެ ރިޕޯޓާއި ގުޅިގެން އެމީހާ މާލެއައިސް ހުރި ގެއަށް ފުލުހުން ގޮސް، އެމީހާ ދިރިއުޅޭ ކޮޓަރިއަށް ވަދެ ބެލިއިރު މީހާ ނިޔާވެފައި އޮއްވާ ފެނިފައިވާ ކަމަށެވެ.
ކުރިކީލަ މަގުގައި ހުރި ގެއެއްގެ ތެރެއިން ނިޔާވެފައިވާ މީހެއްގެ ހަށިގަނޑު ފެނުނު އިރު، ފުލުހުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.
ނިޔާވެފައި އޮއްވައި ފެނިފައި ވަނީ އުމުރުން 67 އަހަރުގެ ދިވެހި ފިރިހެނެކެވެ.
+1
7
+1
2
+1
5
+1
175
+1
14
+1
9