އަމީންގެ ގޭގެ ސީސީޓީވީ ހަލާކުވެފައި، ފުޓޭޖް ނުލިބުނު
މިމަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީ ގޭގެ ނުވަ ވަނަ ފަންގިފިލާއިން ހައްވާ ޔުމްނު ރަޝީދު 21، ވެއްޓުނު ހާދިސާގެ ތަހުގީގަށް ބޭނުންވާ ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީންގެ ގެ، މއ. މާންދޫގޭގެ ދެކުުނު ގޭގެ ސީސީޓީވީ ފުޓޭޖު ހަލާކުވެފައިވާކަން ފުލުހުންނަށް އަންގައިފި އެވެ. މި ހާދިސާ ހިނގުމުގެ ކުރިން، އެރޭ ޔުމްނުއާ އެކު އުޅުނު ހަތް މީހުން އެންމެ ފުރަތަމަ ގޮސްފައިވަނީ މއ. މާންދޫގޭދެކުނުގެއަށެވެ. މިއީ މިނިސްޓަރު އަމީނުގެ ވެސް ގެކޮޅެވެ. ޔުމްނުއާ އެކު…