ފަސް ތަރީގެ ފުރަތަމަ ހޮޓަލުގެ ގޮތުގައި ނަސަންދުރާ ހުޅުވައިފި
މާލޭގެ މޫނުމަތީގައި ކުރިން ހިންގި މަޝްހޫރު ހޮޓާ، ނަސަންދުރަ ފަސް ތަރީގެ ހޮޓަލެއްގެ ގޮތުގައި ބޮޑެތި ބަދަލުތަކަކާ އެކު ހުޅުވައިފި އެވެ. ސްޕެއިންގެ ކުންފުންޏަކުން 25 ބުރިއަށް ތަރައްގީކޮށް، ހިންގަން ފެށި މި ސިޓީ ހޮޓަލަށް މިހާރު ކިޔަނީ "ބާސެލީ ނަސަންދުރަ މާލެ" އެވެ. ނުވަދިހަ މިލިއަން ޑޮލަރު ހޭދަކޮށްގެން ހަދާފައިވާ އެ ހޮޓަލުގައި 136 ކޮޓަރި ހުރެއެވެ. އަދި 116 ސާވިސް އެޕާޓްމަންޓާއި ޕޫލާއި އެހެނިހެން ޒަމާނީ އެތައް ހިދުމަތެއް ލިބޭގޮތަށް އެތަން ވަނީ ތަރައްގީ…