ބްރޯޑްކޮމްއަށް އައްޔަންކުރަން 6 ނަމެއް ރައީސް ހުށަހަޅުއްވައިފި
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުކަމުގެ މަގާމަށް ބޭފުޅަކު އައްޔަނުކުރުމަށްޓަކައި ހަ ނަމެއް، ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ. ބްރޯޑްކޮމް މެންބަރުކަމަށް އެމަނިކުފާނު ނަންތައް ހުށަހެޅުއްވީ، އެ ކޮމިޝަންގެ މެންބަރު އާމިނަތު އަމީނާގެ މެންބަރުކަމުގެ މުއްދަތު ޖޫން 14، 2025ގެ ނިޔަލަށް ހަމަވާތީއެވެ. ރައީސް މުއިއްޒު ވަނީ ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން އެ މަނިކުފާނު އިސްކަންދެއްވާ ތަރުތީބުން ނަންތައް މަޖިލީހަށް ހުށަހަޅުއްވައިފައެވެ. އެ ނަންތަކަކީ: ޒަމްއަތު އަހުމަދު ވަހީދު/ މަލަ، ގދ. ތިނަދޫ އިބްރާހީމް…