މޯލްޑިވްސް 2.0 ސަމިޓު ނިންމާލައިފި
ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ސިޔާސަތު ތަންފީޒުކުރުމަށް ކުރިއަށްގެންދާ "މޯލްޑިވްސް 2.0" ސަމިޓު ނިންމާލައިފިއެވެ. މިސަމިޓު ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒެވެ. ސަމިޓުގައި ކަމާބެހޭ އިދާރާތަކުން ކުރި މަޝްވަރާތަކަށްފަހު އެކަންކަމުގެ މައްޗަށް އެކުލަވާލާފައިވާ ޤައުމީ ޑިޖިޓަލް އިޤުރާރު، ސަމިޓު ނިންމުމުގެ ރަސްމިއްޔާތުގައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒަށް އަރުވާފައެވެ. "މޯލްޑިވްސް 2.0" ސަމިޓު ކުރިއަށްގެންދިޔައީ މިމަހުގެ 10 އަކުން 12 އަށް ބާސެލޯ ނަސަންދުރާގައެވެ. ދިވެހިރާއްޖެ 2.0 އަކީ ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިސްނެންގެވުމުގެ މަތިން، މުޅި ދައުލަތުގެ ހުރިހާ…