ރާއްޖެއާއި އިންޑިއާގެ ހައިލެވެލް ކޯ ގްރޫޕްގެ ދެވަނަ ބައްދަލުވުން ބާއްވައިފި
ދިވެހިރާއްޖެއާއި އިންޑިއާގެ ހައިލެވެލް ކޯ ގްރޫޕްގެ ދެވަނަ ބައްދަލުވުން މިއަދު އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ބާއްވައިފިއެވެ. މި ބައްދަލުވުމުގައި ދިވެހި ވަފުދުގެ އިސްވެރިޔާގެ ގޮތުގައި ބައިވެރިވެ ވަޑައިގަތީ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލެވެ. މި ބައްދަލުވުމަކީ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒު އިންޑިއާއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި ދެ ޤައުމު ދެމެދު އެކުލަވާލެވުނު "އަ ވިޝަން ފޮރ ކޮމްޕްރިހެންސިވް އިކޮނޮމިކް އެންޑް މެރިޓައިމް ސެކިއުރިޓީ ޕާރޓްނަރޝިޕް" ގެ ތަޞައްވުރުގެ ދަށުން ބޭއްވޭ މަޝްވަރާ ބައްދަލުވުންތަކުގެ ތެރެއިން ދެވަނަ…