ސިންގަޕޫރާއި ރާއްޖެއާ ދެމެދު އިސްތިރާޖީ އެއްބާރުލުން އިތުރުކުރުމަށް މަޝްވަރާކޮށްފި
ދިވެހިރާއްޖެއާއި ސިންގަޕޫރާ ދެމެދު އިސްތިރާޖީ އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި، ސިންގަޕޫރުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ނޮން-ރެސިޑެންޓް ހައިކޮމިޝަނަރ ހިޒް އެކްސެލެންސީ ސޫ ކޮކް ލެންގ މަޝްވަރާކުރައްވައިފިއެވެ. މިއަދު ބޭއްވެވި ބައްދަލުވުމެއްގައި ދެ ޤައުމުގެ ސިޔާސީ ގުޅުންތައް ހަރުދަނާކުރުމާއި ދެފަރާތުގެ މަސްލަހަތު ހުރި ކަންކަމުގައި އިސްތިރާޖީ އެއްބާރުލުން އިތުރުކުރައްވައި، ދޭދޭ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައިވެއެވެ. މީގެ އިތުރުން މި ބައްދަލުވުމުގައި މަތީ ތަޢުލީމާއި، ޞިއްޙީ ޚިދުމަތާއި، ފަތުރުވެރިކަން ފަދަ…