ރުއްތަކަށް ގެއްލުންދޭ ޕެސްޓު ކޮންޓްރޯލްކުރުމަށް ޗައިނާއިން އެހީވަނީ
ރާއްޖޭގެ ރުއްތަކަަށް ގެއްލުންދޭ ޕެސްޓް ކޮންޓްރޯލް ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޝްރޫއުގެ ތަންފީޒީ އެއްބަސްވުމުގައި އެގްރިކަލްޗަރ މިނިސްޓްރީއާއި ޗައިނާއާއި ދެމެދު ސޮއިކޮށްފިއެވެ. އެގްރިކަލްޗަރ މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިިނިސްޓަރު ޑރ. މަރްޔަމް މާރިޔާ އެވެ. އަދި ޗައިނާގެ ފަރާތުން ސޮއިކުރެއްވީ ސަފީރު ކޮންގް ޝިއަންހުއާއެވެ. ދެ އަހަރު ދުވަހަށް ދެމިގެންދާ މި ޕްރޮޖެކްޓުން އިސްކަންދޭނީ ރާއްޖޭގެ ފުޑް ސެކިއުރިޓީއަށާއި އެގްރިބިޒްނަސް ކުރިއެރުވުމަށް މުހިންމު ބާވަތެއްކަމުގައި ކަނޑައަޅާފައިވާ ދިވެހި ރުކަށެވެ. އެގޮތުން މި ޕްރޮޖެކްޓްގެ މައިގަނޑު…