ހައިކޯޓުގެ ފަނޑިޔާރު ކަމަށް ޖަމީލް ޢައްޔަންކުރައްވައިފި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް، އަލްއުސްތާޛު ޢަބްދުﷲ ޖަމީލް މޫސާ މިއަދު ޢައްޔަން ކުރައްވައިފިއެވެ. ހައިކޯޓުގެ ފަނޑިޔާރުކަމުގެ ލިޔުމް ޖަމީލާ ހަވާލުކޮށްދެއްވީ މިކަމަށްޓަކައި މިރޭ ސުޕްރީމް ކޯޓުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް، ޙުސައިން ރިޒާ އާދަމެވެ. އަލްއުސްތާޛު ޢަބްދުﷲ ޖަމީލް މޫސާއަކީ ކުއްލިއްޔަތުލް ދިރާސާތުލް އިސްލާމިއްޔާއިން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ވިތް އޮނަރސް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. ފަނޑިޔާރުކަމުގައި 15 އަހަރަށްވުރެ ދިގުމުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާއިރު،…