އާރުޑީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު އަސްބާހް އަލީ ނަސީރު ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް ހަމަޖައްސައިފިއެވެ.
އެ މަގާމަށް އަސްބާހު އައްޔަނުކުރިކަން ހާމަކޮށް، އެޗްޑީސީން ކުރި ޕޯސްޓެއްގައި ވަނީ އެ މަގާމަށް މަރުހަބާ ކިޔާފައެވެ.
އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް އަސްބާހު އައްޔަނުކުރީ އެ މަގާމު ފުރުއްވި ފަޔާޒް މަންސޫރު މިދިޔަ މަހުގެ 31 ގައި އިސްތިއުފާދެއްވުމުންނެވެ.
އަސްބާހު އާރްޑީސީއަށް އައްޔަނުކުރީ ޑިސެންބަރު 19، 2023 ގައެވެ. އެ މަގާމުން އޭނާ ވަކިވިކަން ހާމަކޮށް، ކުރި ޕޯސްޓެއްގައި އޭނާ ކޮށްދެއްވި ޚިދުމަތްތަކަށް އާރްޑީސީން ވަނީ ޝުކުރު އަދާކޮށްފައެވެ.
އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މި ފަހުން ވަނީ ބަދަލުކޮށްފައެވެ.