ތުރުކީން ހަދިޔާކުރާ މަނަވަރު ރަސްމީކޮށް ހަވާލުކޮށް ޚިދުމަތަށް ނެރުމުގެ މަސައްކަތް ދަނީ ކުރަމުން: އެމްއެންޑީއެފް
ތުރުކީން ހަދިޔާކުރާ މަނަވަރު ރަސްމީކޮށް ހަވާލުކޮށް ޚިދުމަތަށް ނެރުމުގެ މަސައްކަތް ކުރަމުންދާ ކަމުގައި އެމްއެންޑީއެފުން ބުނެފިއެވެ. އެމްއެންޑީއެފުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ތުރުކިވިލާތުން ރާއްޖެއަށް ހަދިޔާކުރައްވާ ތުރުކީ ނޭވީ މަނަވަރު ރާއްޖެއަށް ގެނެސްފި ކަމަށާއި، މި މަނަވަރު އެމްއެންޑީއެފާ ރަސްމީކޮށް ހަވާލުކުރުމާއި، ޚިދުމަތަށް ނެރެ، ޤައުމީ ދިފާޢީ ބާރަށް ކަމިޝަންކުރުމަށް ބާއްވާ ރަސްމިއްޔާތު ބޭއްވުމަށް ވާންޖެހޭ ތައްޔާރީތައް ދެ ޤައުމުގެ މެދުގައި ކުރަމުންދާ ކަމަށެވެ. ކަނޑުގެ ދިފާއީ އިންފްރާސްޓްރަކްޗާ ހަރުދަނާ ކުރުމަށް ދިވެހިރާއްޖެއާޢި ތުރުކީއާއި ދެމެދު…