ހުޅުމާލޭގައި ރޭ މަޑުކުރަން އެންގުމުން ވެސް މަޑުނުކޮށް ބާރު ދުވެލީގައި ދުއްވާފައި ދިޔަ ކާރު ދުއްވަން އިން ފިރިހެން ކުއްޖާގެ ލައިސަންސެއް ނެތް ކަމަށް، ފުލުހުން ބުނެފިއެވެ.
އެއީ ހ. ފިލިމާގޭ، އައިކް ހައިޝަމް، 18، އެވެ. އޭނަ އަތުގައި ލައިސަންސެއް ނެތް ކަމަށް ފުލުހުން ބުންޏެވެ.
ހައިޝަމާ އެކު ރޭ ކާރުން އަންހެނަކު ވެސް ހައްޔަރުކުރި އެވެ. އެކަމަކު އޭނަ ދޫކޮށްލާފައިވާ އިރު، އޭނައާ ބެހޭ އެއްވެސް ތަފުސީލެއް ފުލުހުން ނުދެ އެވެ.
ހައިޝަމް ދުއްވި ކާރު މާޑުކުރަން އެންގުމުން މަޑުނުކޮށް ހުޅުމާލޭ ފޭސް 1 އާއި 2 ގެ އެކި މަގުތަކުގައި ދުއްވާފއިވާ އިރު އެ ކާރުން ފުލުހުންގެ ސައިކަލެއްގައި ޖައްސައި ވައްޓައިލި ކަމަށް ވެސް ފުލުހުން ބުންޏެވެ. ވައްޓައިލި ސައިކަލްގައި ތިބި ދެ ފުލުހުންނަށް ލިބުނު އަނިޔާތަކަށް ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.