'ހޯމް ޓީމް އެޑްވާންސްޑް ލީޑަޝިޕް ޕްރޮގްރާމް' ފަށައިިފި
އައްޑޫގައި ހުންނަ ޕޮލިސް ކޮލެޖްގައި 'ހޯމް ޓީމް އެޑްވާންސްޑް ލީޑަޝިޕް ޕްރޮގްރާމް ފަށައިފި އެވެ. މިއީ ހޯމްލޭންޑް މިނިސްޓްރީން އިންތިޒާމުކޮށްގެން އެ މިނިސްޓްރީގެ ދަށުގައި ހިމެނޭ މުއައްސަސާތަކުގެ އިސް ވެރިންގެ ސްޓްރެޓެޖިކް، އޮޕަރޭޝަނަލް އަދި އެތިކަލް ލީޑަޝިޕްގެ ގާބިލުކަން އިތުރުކުރުމަށް ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ. މި މަހުގެ 10 ގައި ފެށި ޕްރޮގްރާމްގެ މުއްދަތަކީ ދެ ހަފުތާ އެވެ. ޖުމްލަ 28 ބައިވެރިންނާ އެކު މި ޕްރޮގްރާމް ކުރިއަށް ގެންދަނީ ސިނާރިއޯ ބޭސްޑް އެކްސަސައިޒްތަކާއި، މަސައްކަތާ ގުޅުން ހުރި…