ނިލަންދޫ ނަރުދަމާގެ މަސައްކަތް އިފްތިތާހްކޮށްފި
ފ ނިލަންދޫ ނަރުދަމާގެ މަސައްކަތް ރަސްމީކޮށް އިފްތިތާޙްކޮށްފިއެވެ. މި މސައްކަތް ރަސްމީކޯށް އިފްތިތާޙްކޮށްދެއްވީ މޯލްޑިވްސް ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީގެ މެނޭޖިންގް ޑިރެކްޓަރ އަބުދުލް މަތީން އެވެ. މި މަސައްކަތް އެންމެ ފުރަތަމަ ހަވާލުކުރީ2023 ވަނަ އަހަރު ފެނަކަ ކޯޕަރޭޝަނަާއެވެ. ފަހުން މި މަސައްކަތް އެމްޑަބްލިޔު އެސްސީއާއި ޙަވާލުކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގައެވެ. ނިލަންދޫ ނަރުދަމާ ނިޒާމް އިފްތިތާޙްކުރީ ރައީސުލްޖުމްހޫރިއްޔާ އެރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.