މެލޭޝިޔާގައި ކުރިއަށްދާ އިސްލާމިކް ގަވަރނަންސް ކޯހެއްގައި ބައިވެރިވުމަށް ހުޅުވާލައިފި
މެލޭޝިޔާގައި މި މަހުގެ 8 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާ އިސްލާމިކް ގަވަރނަންސް އަދި އެޑްމިނިސްޓްރޭޓިވް ކޯހުގެ ދެވަނަ ބުރުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި މި ކޯހުގައި 10 ފަރާތަކަށް ފުރުސަތު ދިނުމަށް ހަމަޖެހިފައިވާއިރު، މި ކޯހުގައި ބައިވެރިވުމުގެ ޝަރުތަކީ އިނގިރޭސި ބަހުން މުޢާމަލާތް ކުރަން އެނގުމާއި، ވުޒާރާއިން ޚިޔާރުކޮށްފައިވާ ފަރާތެއްކަމުގައި ވުމާއި އިމާމުކަމުގެ ތަޖުރިބާހުރި ފަރާތަކަށް ވުމެވެ. މި ކޯހުގައި ބައިވެރިވާ ފަރާތްތަކުގެ ޓިކެޓު ޚަރަދު…