އެމްއޭސީއެލްގެ ބޯޑަށް މުޖުތަބާ އައްޔަންކޮށްފި
އެމްއޭސީއެލްގެ ބޯޑަށް، އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފު މިއަދު އައްޔަންކުރައްވައިފި އެވެ. ޕްރައިވަޓައިޒޭޝަން ބޯޑުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެމްއޭސީއެލްގެ ބޯޑުގެ މެމްބަރުގެ މަގާމަށް ގއ. ދާންދޫ، މުޝްތަރީގޭ، މުޖުތަބާ ހަމަޖައްސާފައިވާ ކަމަށެވެ. އެމްއޭސީއެލްގެ ބޯޑަށް މުޖުތަބާ އައްޔަންކޮށްފައިވާއިރު، އެ ބޯޑުގައި ހުންނެވި މުހައްމަދު ރިޔާޒު (ލެޓްސް ގޯ ރިޔާޒު) ވަކިކޮށް، ބޯޑުގެ މެންބަރުންގެ އަދަދު މިހާރު ވަނީ 7 އިން 9 އަށް އިތުރުކޮށްފަ އެވެ. އެމްއޭސީއެލްގެ ބޯޑުން ރިޔާޒު…