އައްޑޫ ހިތަދޫގެ ގެއެއްގެ ތެރޭގައި ދެމަފިރިއަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
ހިތަދޫ ޓޫރިޒަމް ޒޯން ސަރަހައްދުގައި ހުންނަ އެ ގޭގައި ނިޔާވީ 60 އަހަރުގެ އިބްރާހިމް އަބްދުﷲ އާއި ފަރަހްނާޒް އެވެ. އާއިލާގެ ބަޔަކު މިއަދު އެ ގެއަށް ދިޔައީ ރެއިން ފެށިގެން އެ ދެ މީހުންގެ ހަބަރެއް ނުވެގެންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ދެމަފިރިން މަރުވެފައި ތިއްބާ ފެނިފައިވަ ނީ އެމީހުން ދިރިއުޅޭ ގޭގެ ކޮޓަރި ތެރެއިންނެވެ. އެ ދެމަފިރިންގެ ހަށިގަނޑު މިހާރު ވަނީ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.
ފުލުހުން ބުނީ ހިތަދޫގެ ގެއެއްގައި ދެ މީހަކު މަރުވެފައި އޮތް މައްސަލައެއް ހުށަހެޅުމާ ގުޅިގެން ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
+1
+1
+1
+1
+1
+1