ނަސްރީން ޔޫތު މިނިސްޓްރީގެ ނައިބަކަށް
ޕަބްލިކް ސާވިސް މީޑިއާ ޕީއެސްއެމް) މެނޭޖިން ޑިރެކްޓަރުކަމުން އިސްތިއުފާ ދެއްވި އިބްރާހިމް ނަސްރީން ޔޫތު މިނިސްޓްރީގެ ޑެޕިއުޓީއަކަށް އައްޔަންކޮށްފި އެވެ. ނަސްރީން އިސްތިއުފާ ދެއްވީ މިދިޔަ މަހުގެ 29 ގަ އެވެ. ނަސްރީނާ އެކު މިހާރު ޔޫތު މިނިސްޓްރީގައި ފަސް ޑެޕިއުޓީ މިނިސްޓަރުން އެބަތިއްބެވި އެވެ. އޭނަ މިނިސްޓްރީގެ ނައިބަކަށް އައްޔަންކުރީ މި ހަފުތާގަ އެވެ. ކުރިން ޕީއެސްއެމްގެ ޗީފް ކޮމާޝަލް އޮފިސަރު (ސީއެފްއޯ) ގެ މަގާމު ވެސް އަދާކުރެއްވި ނަސްރީން އެތަނުގެ އެމްޑީއަކަށް އައްޔަންކުރީ މިދިޔަ…




