ޖިންސީ ގޯނާގެ ތުހުމަތުކުރެވޭ ސަނީ އުމަރު ފުރަން އުޅެނިކޮށް ކޯޓު އަމުރުގެ ދަށުން ހައްޔަރު
ކުޑަކުދިން ތަކަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ ސަނީ އުމަރު ރާއްޖެ ދޫކޮށް ފިލައިގެން ދާން އުޅެނިކޮށް ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފި އެވެ. ސަނީ އުމަރުގެ މައްޗަށް ތުހުމަތުކުރެވޭ ޖިންސީ ގޯނާގެ މައްސަލައިގައި ފުރަތަމަ އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ރާއްޖެއިން ބޭރުގައި ހުރެފައި ރާއްޖެ އައިތަނުން އެއަޕޯޓުން އިއްޔެ އެވެ. އެނގިފައިވާ ގޮތުގައި ފުލުހުން އިއްޔެ އޭނާއާ ސުވާލުކުރުމަށްފަހު ތަހުގީގަށް އެއްބާރުލުން ދޭން އެއްބަސްވުމުން ވަނީ ދޫކޮށްލާފައެވެ. ނަމަވެސް ފުލުހުން …









