ޖޭއެސްސީގައި ހައިކޯޓު ތަމްސީލްކުރުމަށް ފަނޑިޔާރު ޝަފީޢު ހަމަޖައްސަވައިފި
ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގައި ހައިކޯޓު ތަމްސީލްކުރުމަށް، އެ ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙަސަން ޝަފީޢު މިއަދު އިންތިޚާބުކޮށްފިއެވެ. ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގައިވާ ގޮތުން، ޖޭއެސްސީ އަށް 10 މެންބަރަކު ޢައްޔަންކުރަން ޖެހޭނެއެވެ. އެގޮތުން، ޖޭއެސްސީ އެކުލެވިގެންވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ސުޕްރީމް ކޯޓާއި ހައިކޯޓާއި ދަށު ކޯޓުން އިންތިޚާބުކުރާ ފަނޑިޔާރަކާއި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރަކާއި ޢާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރަކާއި ސިވިލް ސަރވިސް ކޮމިޝަންގެ ރައީސާއި ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާ…







