ހުޅުމާލޭގެ ކެފޭއެެއްގައި ރޯވެ ގެއްލުންތަކެއްވެއްޖެ އެވެ.
އެމްއެންޑީއެފުން މިއަދު ބުނީ ރޯވީ ފޭސް އެކެއްގައި ހުންނަ "ބްރަންޗް ހައުސް" ކެފޭގައި ކަމަށެވެ. އެ ހާދިސާގެ މައުލޫމާތު ރޭ ދަންވަރު 12:58 ގައި އެމްއެންޑީއެފް ފަޔަ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުމާ އެކު، ހުޅުމާލޭ ފަޔަ ސްޓޭޝަނުގެ ފަޔަފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތްކޮށްފައިވެ އެވެ.
ފަޔަރފައިޓަރުން ކުރި މަސައްކަތުން ކެފޭގައި ރޯވެފައި ހުރި އަލިފާން ނިއްވައިލެވުނީ ދަންވަރު 01:19 ހާއިރުއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.
+1
+1
+1
+1
+1
+1








