ފެނާއި ނަރުދަމާގެ ޤައުމީ ސިޔާސަތު އިފްތިތާޙްކޮށްފި
ރާއްޖޭގައި ދިރިއުޅޭ އެންމެނަށް ރައްކާތެރި ސާފު ފެން އަދި އެކަށީގެންވާ ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމަށާއި، މި ދާއިރާ ތަރައްޤީކޮށް ކުރިއަރުވައި، ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް، "ނޭޝަނަލް ވޯޓަރ އެންޑް ސްވަރޭޖް ޕޮލިސީ"ގެ ނަމުގައި ޤައުމީ ސިޔާސަތެއް އެކުލަވައިލައި އިފްތިތާޙްކޮށްފިއެވެ. މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި މި ސިޔާސަތު އިފްތިތާޙްކޮށްދެއްވީ ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވަޒީރު، ޠާރިޤު އިބްރާހީމެވެ. ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން ބުނީ ގައުމީ ފެނާއި ނަރުދަމާގެ ސިޔާސަތަކީ ރާއްޖޭގެ ފެނުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށާއި، ފެނާއި…









