ޑޮމެސްޓިކް ދަތުރުތައް ކުރީގެ އިންޓަނޭޝަނަލް ޓާމިނަލަށް މާދަމާ ބަދަލުކުރަނީ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އެތެރޭގެ އުދުހުންތައް ނުވަތަ ޑޮމެސްޓިކް ދަތުރުތައް، މާދަމާއިން ފެށިގެން ކުރީގެ އިންޓަނޭޝަނަލް ޓާމިނަލް (ޓާމިނަލް 2) އަށް ބަދަލުކުރުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ނިންމައިފިއެވެ. މި ބަދަލާއެކު މިހާރު ބޭނުންކުރަމުންދާ ޑޮމެސްޓިކް ޓާމިނަލް މާދަމާ ބަންދުކުރެވޭނެއެވެ. އެމްއޭސީއެލް އިން ވަނީ ކުރީގެ އިންޓަނޭޝަނަލް ޓާމިނަލް، ޑޮމެސްޓިކް ދަތުރުތަކަށް ޚާއްސަކޮށްގެން ބޭނުންކުރުމަށްޓަކައި ގެންނަންޖެހޭ މަރާމާތުތައްކޮށް، ޓާމިނަލް އެއްކޮށް ތައްޔާރުކޮށްފައެވެ. މި އައު ޓާމިނަލް ރަސްމީކޮށް ހުޅުއްވައިދެއްވުމަށް ހަމަޖެހިފައިވަނީ މާދަމާ…





